ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ދިލާސާފު ކުރުމާގުޅޭ

އިޢްލާން

ޤަބުރުސްތާން ދިލާސާފްކުރުމާގުޅޭ

ދ.މާއެނބޫދޫ ޤަބުރުސްތާން ދިލާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މަސައްކަތް

  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހަޑިވާގޮތަށް ހުރި ވިނަގަނޑު ފިޔަވައި  ދެންހުރި އެންމެހާ ގަސްތަކާއި މިރިހިގަސްތައް އުފުރާ ސާފުކޮށް ކުނިތައް އުކާލުން
  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހުރި ފޮނަގަސްތަކުގެ 8 ފޫޓްތިރިން ގޮފިތައްކޮށާ އުކާލުން
  • ޤަބުރުސްތާނު ސާފުކުރުމުގައި ނެގޭ ކުނިތައް ކުނިގޮނޑަށް އުކާލުން

އަންދާސީ ހިސާބު ހުށަހެޅުން

  1. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާ ގައެވެ.

އިތުރު މަޢުލޫމާތު

-  މި އިޢްލާނާ ގުޅިގެން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

-  ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-  ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-  މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.

ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކުސްދެވޭނީ ތިރީގައިވާ ގޮތަށެވެ.

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

80%

މުއްދަތަށް

20%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

06 ނޮވެންބަރު 2023
ހޯދާ