ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
َޤަބުރުސްތާން ފާރު މަރާމާތުކުރުމާއި ކުލަލުމާގުޅޭ

އިޢްލާން

ޤަބުރުސްތާން ފާރު މަރާމާތު ކުރުމާއި ކުލަލުމާގުޅޭ

ދ.މާއެނބޫދޫ ޤަބުރުސްތާން ފާރު މަރާމާތު ކުރުމާއި، ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މަސައްކަތް

  • ޤަބުރުސްތާނުގެ ވަށާފާރުގައި ރެނދުލާފައިހުރި ތަންތަން، ކަތިގުރޫކަނޑައި ސިމެންތިޖަހައި ބެއްދުން
  • ޤަބުރުސްތާނު ފާރުގެ ބޭރު ފަރާތުގައި އަނޑަރކޯޓް ކުލަ ކެނޑިފައިވާ ތަންތަނުގައި (ސަމްހާ ބްރޭންޑް) އަންޑަރކޯޓް ކުލަލުން
  • ޤަބުރުސްތާނުގެ ވަށާފާރު ބޭރުފަރާތުގައި ކުލަފޮޅިފައިވާ ތަންތަން ރަނގަޅަށް ކުލަކަހައި، ފެހިޖަހާފައިވާ ތަންތަން ދޮވުމަށްފަހު (ސަމްހާ ބްރޭންޑު) އައުޑްޑޯ ފެހި ކުލަލުން (1 ކޯޓް)
  • ޤަބުރުސްތާން ފާރުގެ އެތެރެފަރާތު ފާރުކައިރިން ނަގާފައިވާ ފަސްތައް ފާރުކައިރިއަށްއަޅާ އެއްވަރު ކުރުން

އަންދާސީ ހިސާބު ހުށަހެޅުން

  1. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާ ގައެވެ.

އިތުރު މަޢުލޫމާތު

-  މި އިޢްލާނާ ގުޅިގެން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

-  ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-  ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-  މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.

ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކުސްދެވޭނީ ތިރީގައިވާ ގޮތަށެވެ.

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

80%

މުއްދަތަށް

20%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

06 ނޮވެންބަރު 2023
ހޯދާ