ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2023/301 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-53-23) BT-2023/24 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގައި ބޭނުންކުރާ އިކުއިޕްމެންޓްސް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ސަޕްލައިކޮށްދިނުމަށް ކުރެވުނު (IUL) PSM-FP/ PSM/2023/294 ނަންބަރު އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޕީ.އެސް.އެމް )ޓީވީބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
22 ޖުމާދުލްއާޚިރާ 1445
06 ނޮވެމްބަރ 2023