ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗާއި، އާއްމުތަންތާންގައި ޤަވައިދާ ހިލާފަށްހުރި ތަކެތި ނެގުމާއި، މަގުން ހިނގާބިނގާވެ އުޅޭމީހުންނަށް އުނދަގޫވާ ގޮތަށް ހުރި ގަސްތަށް ކޮށުމާގުޅޭ:

މަގުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ދަތިވާ ވާގޮތަށް ގަސްތަށްހުރުމާއި، މަގުމަތީގަޔާއި، އާއްމު ތަންތާންގައި ޤަވައިދާ ހިލާފަށް ތަކެތި ބަހައްޓާފައިވާކަން މި އިދާރާއަށް ވަނީ ފަހަގަ ކުރެވިފައެވެ.

ވީމާ، މަގުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށްހުރި ގަސްތައް ކޮށުމާއި، މަގުމަތީގަޔާއި، އާއްމު ތަންތާންގައި ޤަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. އަދި މަގުމައްޗަށް އުނދަގޫވާގޮތަށް ހުރި ގަސްތައް ބިމުން ފެށިގެން 8 ފޫޓަށް ކޮށާލުމަށް އަންގަމެވެ.

                  

06 ނޮވެންބަރު 2023
ހޯދާ