މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

ވޯރޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނު

ހަވާލުކުރެވޭ ޒިންމާ

ވޯޑް މެނޭޖަރ

ބޭނުންވާ އަދަދު:

 01 (އެކެއް) 

ގިންތި:

 ދާއިމީ

ހަވާލު ކުރެވޭ މުއްދަތު:

 04 އަހަރު ( ހަތަރު އަހަރު) 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ރ.މަޑުއްވަރީ ޞިއްޙީ މަރުކަޒު 

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު:

 މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100.00 ( އެއް ސަތޭކަ ރުފިޔާ )

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 ވޯޑް މެނޭޖަރގެ ޒިންމާތަކަކީ "ނަރުހުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކުރާ ނަރުހުންގެ ވަޒީފާގައި   ކުރަންޖެހޭ އަސާސީ މަސްޢޫލިއްޔަތުގެ އިތުރުން ހަވާލްކުރެވޭ ޒިންމާތަކެވެ. މިގޮތުން ޙަވާލް ކުރެވޭ   ޒިންމާތަކަކީ:   
  • ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނެ ފަދަ އިންތިޒާމުތައް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކާމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން
  • ބަލީމީހުންނަށް ދިމާވާ އާދަޔާ ޚިލާފުކަންތައްތައް ވަގުތުން ޑޮކްޓަރުންނަށް ރިޕޯރޓްކުރުން.
  • ދިމާވާ އިމަޖެންސީ ޙާލަތްތަކުގައި ވަގުތުން ކަމާއިބެހޭ ޑޮކްޓާރުންނަށާއި ކަމާއި ގުޅުންހުރި އެހެނިހެން މުވައްޒަފުންނަށް އެންގުމާއި،  އެފަދަ އިމަޖެންސީތައް މެނޭޖުކުރުން.
  • ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ޞިއްޙީ މަރުކަޒުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގއާއި ބެހޭ ކަންތައްތައް ޙައްލުކުރުމާއި އެހެނިހެން ކަންތައްތައް ނާރސިންގ ޑިޕާރޓްމަންޓާއި ޞިއްޙީ މަރުކަޒުގެ ވެރިންނަށް އެންގުން.
  • އަމަލީ ތަޖުރިބާހޯދުމަށް އަންނަ ނަރުހުންނާއި، ދަރިވަރުން ސްޕަވައިޒުކުރުމާއި ސްޕަވައިޒުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން، އަދި ސެޝަންތައް ނަގައިދިނުން.
  • ނާރސިންގއާއި ބެހޭ ޕޮލިސީތައް ރޭވުމުގައި އަދި ނަރސިންގ ސަރވިސްއާއި ބެހޭ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި އަދި ނަރުހުންގެ ފަރުވާ ފޯރުކޮށްދިނުމުގައި މިޕޮލިސީތަކާއި އެއްގޮތަށް ނަރސިންގ ކެއަރ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  • މެދުކެޑުމެއްނެތި ބަލިމީހުންނަށް ދެވޭ ފަރުވާ ޙިއްޞާކޮށް، ފަރުވާދިނުމުގެ ޕްރޮގްރާމު ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ، ފަހުގެ ރިސަރޗުތަކުގައިވާ ރަގަނޅު ބަދަލުތައް ގެނައުމަށް މަސްއޫލުވެރިވުން.
  • ވަޒީފައަށް އަލަށްގުޅޭ ނަރުހުންނާއި އެހެނިހެން މުވައްޒަފުން ޞިއްޙީ މަރުކަޒު އަދި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ޕޮލިސީތަކާއި ގައިޑްލައިން އަދި ޤަވާއިދުތަކަށް އަޙުލުވެރިކުރުވުން.
  • ބަލިމީހާއާއި ބަލިމީހާގެ އެހީތެރިންނަށް ބައްޔާއިބެހޭގޮތުން އޮޅުންފިލުވަދޭންޖެހޭ އެންމެހާ މަޢުލޫމާތު ރަގަނޅަށް އޮޅުންފިލުވައި ދެވުނުކަން ކަށަވަރުކުރުން.
  • މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި ޚާއްޞަގޮތެއްގައި ކޮމްޕްލިކޭޓް ކޭސްތަކުގައި އެންމެއިސްކޮށް ޙަރާކާތްރިވެ މަސައްކަތްކުރުން.
  • ޑިއުޓީ ފެށުމުގެ ކުރިން އިންވެންޓްރީނަގާ ނާރސިންގ ކެއަރދިނުމަށް ބޭނުންވާނެ ސެޓަޕް ޤާއިމުކުރުން، އަދި ޚިދުމަތަށް ބޭނުންވާ އެއްވެސް އެއްޗެއް މަދުވާނަމަ ޝިފްޓް އިންޗާރޖަށް އަންގާ ހަމަކުރުން.
  • ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ އިންސްޓްރުމެންޓް ޤަވާއިދުން ސްޓެރިލައިޒްކޮށް ބެލެހެއްޓެމުންދާގޮތް ބެލުން.
  • އެއް ޑިއުޓީން އަނެއް ޑިއުޓީއަށް ބަދަލުވާއިރު ބަލިމީހުންނާއި ބެހޭ އެންމެހާ މަޢުލޫމާތު ޑިއުޓީއާ ޙަވާލުވާ ނަރުހުންނަށް ސާފުކޮށް އޮޅުންފިލުވައިދިނުން.
  • މެޑިކަލް ކޮންސިއުމަބަލްސްގެ ޚަރަދު ވީހާވެސް ކުޑަކުރުމާއި އެތަކެއްޗަށް ވީހާވެސްބޮޑަށް ފަރުވަތެރިވެ ބެލެހެއްޓުން.
  • ޞިއްޙީ މަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކާ މަސައްކަތްކުރުމާއި އިންފެކްޝަން ކޮންޓްރޯލްކުރުމަށް ބާރުއެޅުން.
  • އެން ސީ ޑީ ، އޭ އެން ސީ، ޕީ އެން ސީ  ކުލިނިކު އަދި ވެކްސިނޭޝަން ޕްރޯގްރާމު ހިންގުމުގައި ޕަބްލިކް ހެލްތު ޔުނިޓަށް އެހީތެރިކަން ދިނުމާއި ޢަމލީގޮތުން ބައިވެރިވުން.
  • ޞިއްޙީ މަރުކަޒުން ރާވާ ހިންގާ އިންސާރވިސް ޕްރޮގްރާމުތައް ހިންގުމުގައި އެހީތެރިވެ ދިނުމާއި ޢަމަލީގޮތުން ބައިވެރިވުން.
  • ޑިއުޓީގަޑީގައި މަސައްކަތްކުރާ ނަރުހުންނާއި އެޓެންޑުންގެ މަސައްކަތް ޤަވާއިދުން ސްޕަވައިޒުކުރުން.
  • ޞިއްޙީ މަރުކަޒުން ހިންގާ ހެލްތު ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވުމުގައި އެހީތެރިވެދިނުން.
  • މަތީގައި ދެންނެވިފައިވާ ކަންކަމުގެ އިތުރުންވެސް ވެރިން އަންގަވާގޮތެއްގެ މަތިން، ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ގުޅުންހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

ޝަރުތު:

 ނަރުހުންގެ ވަޒީފާއޮނިގަނޑުގައި ހިމެނޭ މަޤާމުތަކުގެ ތެރެއިން ރޭންކު7 (ސްޓެޕް 1) ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެރޭންކުން ފެށިގެން މަތީމަގާމެއްގައިހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

 1. ވޯޑުމެނޭޖަރުންގެ ޒިންމާޙަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަގާމަށް ކުރިމަތިލުމަށް އެދި ޞިއްޙީ މަރުކަޒަށް ހުށަހަޅާސިޓީ/އީމެއިލް

 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލިމުދޭ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  3- ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

  4- މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ނަރުހުންގެ އޮނިގަނޑުގައި ރޭންކް 7 ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

 (ށ) ނަރުހުންގެ އޮނިގަނޑުގައި ރޭންކް 7 ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއް ނުވަތަ އެއާއި އެއްފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް :  

 ( ނަރުހުންގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރެވޭ ޢުޞޫލުގައި ހިމެނޭ ކަންތައްތަކާއި އެއްގޮތަށް ) 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މާޤާމަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ 2023 ނޮވެމްބާރ 12 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރ.މަޑުއްވަރީ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް : [email protected]   މެއިލްކުރުމުންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނަށް ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ ލިޔުން ބަލައިގަނެވޭނެއެވެ. 

އިންޓަވިޔު ( އިމްތިޙާނާއި

ޕްރެޒެންޓޭޝަން އޮންނަނަމަ އެ

ބައިވެސް ) އޮންނާނެތަނާއި

މުއްދަތު: 

 

ވޯޑުމެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ބޭއްވޭ އިންޓަވިޔު އޮންނަނީ 2023 ނޮވެމްބާރ 13 އާއި 2023 ނޮވެމްބާރ 23 އާއި ދެމެދު، ރ.މަޑުއްވަރީ ޞިއްޙީ މަރުކަޒުގައެވެ. 

ޝޯޓް ލިސްޓްކުރުން :

މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފާރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމަތު ސާފުކުރުށް ގުޅާނީ 6580394 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

06 ނޮވެންބަރު 2023
ހޯދާ