ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަސް ރޭސް 2023" އިންތިޒާމް ކުރާނެ ކްލަބް/ޖަމްއިއްޔާއެއް ހޯދަން ބޭނުން ވެއްޖެ

43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަސްރޭސް 2023" އިންތިޒާމް ކުރާނެ ކުލަބް/ޖަމިއްޔާއެއް ހޯދުމަށް މިއިދާރާގެ ނަންބަރު (IUL)422-B1/422/2023/79 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ކްލަބް/ޖަމްއިއްޔާތަކުން 2023 ނޮވެމްބަރ 8 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީ މެއިލް އެޑްރެސް [email protected] އަށް، އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުވުއްމަށްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެ ކިއުންތައް، ސޮފްޓް ކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެ އެވެ. މި އިއުލާނާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ދެންނެވުނު މެއިލް އެޑްރަށް މެއިލް ކޮށް ދެއްވުން އެދެމެވެ. މި މެއިލް ތަކުގެ ޖަވާބު 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން އޮންނާއި 2023 ނޮވެމްބަރ 15 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ދެންނެވުނު ގަޑިއަށް ޕްރޮޕޯސަލް ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް، ހުށަހެޅި ފަރާތާއިއެކު އެއްބަސްވުން ހެދިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

06 ނޮވެންބަރު 2023
ހޯދާ