ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Senior Technical Expert

މަޤާމް :Senior Technical Expert
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ޓެކްނިކަލް އެކްސްޕާރޓ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

08 މަސް

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ

މަހަކު 12,500.00  ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ސާރވިސް އެލަވަންސް: 3,000.00 ރުފިޔާ

ފީލްޑް އެލަވަންސް: 4,500.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ  ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 8 ވަނަ ހަރުފަތުގެ ޕޯސްޓް ގްރަޖުއޭޓް ޑިޕްލޮމާ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2.  އެންވަޔަރަމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަމަންޓް ދާއިރާގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

 

  • ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރެވިފައިވާ ދިރާސާތައް ޝާއިއުކޮށްފައިވާ ފަރާތްތަކާށާއި، ބައިނަލްއަޤްވާމީ ޕްރޮޖެކްޓް ނުވަތަ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރޮޖެކްޓްގެ ޙަރަކާތްތަކާގުޅޭ ރިސާރޗްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
  2. ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
  3. ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
  4. ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
  5. ޕްރޮޖެކްޓްގެ ހަރަކާތްތައް ތަންފީޒުކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  6. ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެޗެޓްގެ ޝަރުތުތަކާ އަދި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުމަށްޓަކާ އާ ޕްރޮސެސްތަކާ ޓޫލްތަކާ ގުޅޭ މަޢުލޫމަތު ދިނުމަށް ހެލްޕް ޑެސްކެއްގޮތުގައި މަސައްކަތްކުރުން.
  7. ރަނގަޅު ރެކޯޑް ބަލަހައްޓައި ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތްހަދައި އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރުން.
  8. ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
  9. ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:2023 ނޮވެމްބަރު 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 / 3345427 ނަމްބަރު ފޯނަށެވެ.
05 ނޮވެންބަރު 2023
ހޯދާ