މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖްގެ ބިމުގެ ސާވޭކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖްގެ ބިމުގެ ސާވޭކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ 

                    ނ.ވެލިދޫ ޓުއަރިޒަމް ވިލެޖްގެ ބިމުގެ ސާވޭކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ. މިބިމުގެ ބޮޑުމިނަކީ ބޮޑުދިޔާގައި 8149.84 އަކަމީޓަރ އަދި ހިކިދިޔާގައި 10185.24 އަކަމީޓަރ އެވެ.  

     ވީމާ، މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ  

14 ނޮވެމްބަރ 2023

13:00

        މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

                  އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ. އަދި ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.

       މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

         21 ރަބީއުލް އާޚިރާ 1445

05 ނޮވެންބަރު 2023
ހޯދާ