ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ކައުންސިލަށް ބަލައިގަންނަ އެންމެހާ ފައިސާ ހަމައެކަނި އޮންލައިންކޮށް ބަލައިގަތުން

އިޢުލާން

ދ.ކުޑަހުވަދޫ ކައުންސިލަށް ބަލައިގަންނަ އެންމެހާ  ފައިސާ ހަމައެކަނި އޮންލައިންކޮށް ބަލައިގަތުމާއި ގުޅޭ

 

     ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ އެންމެހާ ފައިސާ ، 01 ޖަނަވަރީ 2024 ން ފެށިގެން ހަމަ އެކަނި އޮންލައިންކޮށް ބަލައިގަތުމަށް މިކައުންސިލް ގެ 04 ވަނަ ދައުރުގެ 88 ވަނަ ( 2023 ވަނަ އަހަރުގެ  33 ވަނަ ) ރަސްމީ އާންމު ޖަލްސާ އިން ވަނީ ނިންމަވާފައެވެ. މިގޮތުން އެކިއެކި ކަންކަމަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

    * ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ދައްކަންޖެހޭ އެންމެހާ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްގެ ތަފްސީލް

        އެކައުންޓް ނަންބަރު : 163 000135 7730

        އެކައުންޓް ނަން : 1430 REVENUE  02

        ސްލިޕް ވައިބަރ ނަންބަރު : 9781899 ( ރިމާރކްސްގައި ތަފްސީލް ލިޔުވުމަށް ފަހު ސްލިޕްކޮޅު ވައިބަރ ކުރަންވާނެއެވެ) 

    * ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ދައްކަންޖެހޭ ފައިސާ ފިޔަވައި އެހެނިހެން ހުރިހާ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓްގެ ތަފްސީލް

      އެކައުންޓް ނަންބަރު : 156 000135 7730

      އެކައުންޓް ނަން : 1430 REVENUE  01

      ސްލިޕް ވައިބަރ ނަންބަރު : 9781899 ( ރިމާރކްސްގައި ތަފްސީލް ލިޔުވުމަށް ފަހު ސްލިޕްކޮޅު ވައިބަރ ކުރަންވާނެއެވެ)

     ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                  21 ރަބީއުލްއާޙިރު 1445

05 ނޮވެންބަރު 2023
ހޯދާ