މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ފަރާތުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމުބާރާތް ހިންގުމަށް ޝައުޤުވެރިކަންހުރި ޖަމްޢިއްޔާތަކުން 7 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް ހާޟިރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު (ޤާނޫނު ނަންބަރު: 2015/30) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާތަކަށެވެ. އަންދާސީ ހިސާބު ހުށައަޅުއްވަން ހާޒިރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ޖަމްޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 6563800 އާއި ގުޅުއްވާ މަޢުލޫމާތެ ސާފުކުރެވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

05 ނޮވެންބަރު 2023
ހޯދާ