ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (ހިތަދޫ ކެމްޕަސް)

މި އިޢުލާންވަނީ 05 ނޮވެންބަރު 2023 12:16 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެގްޒާމް އިންވިޖިލޭޓަރ (ހިތަދޫ ކެމްޕަސް)
ބޭނުންވާ އަދަދު :5

ދިވެހިރާއްޖޭގެ 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

05

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހިތަދޫ ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން. 

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

  • ފައިނަލް އިމްތިޙާނު އޮންނާނީ 03 ޑިސެމްބަރ 2023 އިން 16 ޑިސެމްބަރ 2023 އަށެވެ.
  • ރީސިޓް އިމްތިޙާނު އޮންނާނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

https://forms.gle/EUxnFFcrqZ3b4D6aA

އެޕްލިކޭޝަންގެ ސުންގަޑި:

13 ނޮވެމްބަރ2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345242 އަށެވެ.

 

05 ނޮވެންބަރު 2023
ހޯދާ