މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފައުންޑޭޝަން ބްލޮކް ޢިމާރާތް މަރާމާތުކުރުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި

                                  އިޢުލާނު ނަންބަރ: (IUL)GS23/PRIV/2023/23

                                  ޕްރޮޖެކްޓް ނަންބަރ: GS23-2023-G-002

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިމަރުކަޒުގެ ފައުންޑޭޝަން ބްލޮކް ޢިމާރާތް މަރާމާތުކުރުން

  1. މިމަރުކަޒުގެ ފައުންޑޭޝަން ބްލޮކް ( އެލް ކޭ ޖީ ޔޫ ކޭ ޖީ ) ކުލާސްތަށް ހިމެނޭ ޢިމާރާތުގެ މަރާމާތުތަކެއް ކުރުމަށް ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ކުރުމަށް ބޭނުންވާ މަރާމާތުތަކުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ނޮވެމްބަރ 05 ން 2023 ނޮވެމްބަރ 8 ގެ 14:00 އަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ އީމެއިލް:

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 9 ވަނަ ދުވަހުގެކުރިން މި މަރުކަޒަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 12 ވަނަ ދުވަހުގެ 11:00 ގައިމ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ                                                      

ފޯން:  7952901

އީ-މެއިލް: [email protected]

05 ނޮވެންބަރު 2023
ހޯދާ