އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުމާއި ނީލަންކިއުން

އިޢުލާން

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުމާއި ނީލަންކިއުން

 

 

ޤާނޫނު ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ޙަވާލާދެއްވާ އެކުލަވާލެއްވި، ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ހުޅުދޫ އަވަށުއޮފީހުގައި ހުރި ބައެއްތަކެތި ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ. 

ވީމާ މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން 2023 ނޮވެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއޮފީހަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މި މުއްދަތުގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ 2023 ނޮވެމްބަރ 12 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިތަކެތީގެ ނީލަން ކިއުން ހުޅުދޫ އަވަށު އޮފީހުގައި އޮންނާނެކަން ޢާއްމުކޮށް އިޢްލާން ކުރީމެވެ.

21  ރަބީޢުލް އާޚިރާ 1445

05 ނޮވެމްބަރ 2023

05 ނޮވެންބަރު 2023
ހޯދާ