ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ކުރެންދޫ، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ.

ޅ. ކުރެންދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

 

         ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 08 ނޮވެމްބަރ 2023ވާ ބުދަދުވަހުގެ 14:00ގެ ކުރީން މިއިދާއަށް ލިޔުމަކުން ހުށަހަޅުއްވައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޮނުއްވާނީ [email protected] އަށެވެ. ޕްރީ ބިޑް މީޓިން އޮންނާނީ 12 ނޮވެމްބަރ 2023ވާ އާދިއްތަ ދުވަހުގެ 13:30ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 15 ނޮވެމްބަރ 2023ވާ ބުދަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ.

 

         ބިޑް ރަޖިސްޓްރީކުރުމަށް ފޮނުއްވާ ލިޔުމުގައި މިދަންނަވާ މަޢްލޫމާތު ހިމަނަންވާނެއެވެ.

1-   ޙަވާލާދޭ އިޢްލާން ނަމްބަރު (މެއިލް އިން ފޮނުއްވާ ނަމަ "ސަބްޖެކްޓް" ގައި އިޢްލާން ނަމްބަރު ޖެއްސެވުން)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަމްބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

6-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޑިޓީ ކާޑުގެ ސާފު ފޮޓޯ ކޮޕީ ފޮނުއްވަންވާނެއެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

30 އޮކްޓޫބަރު 2023
ހޯދާ