މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕުރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ ފަރނީޗަރ، މެޝިނަރީ އަދި އެހެނިހެން ތަކެތި ހޯދުމަށް ބޭނުން ވެއްޖެއެވެ.

އިޢުލާން

 

ހެލްތު ޕުރޮޓެކްޝަން އެޖެންސީއަށް ބޭނުންވާ ފަރނީޗަރ، މެޝިނަރީ އަދި އެހެނިހެން ތަކެތި ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2 ނޮވެމްބަރ  2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ނޮވެމްބަރ  2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ނޮވެމްބަރ  2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ނޮވެމްބަރ  2023 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

18 ރަބީޢުލްއާޚިރު 1445

 2 ނޮވެމްބަރ  2023

02 ނޮވެންބަރު 2023
ހޯދާ