ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ތަންތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

އަގުހުށަހެޅުން

މައުލޫމާތު ސާފުކުރުން

ވަގުތު

ހާޒިރުވާންވީތަން

7/11/2023

6/11/2023

10:00

އެސް.ޓީ.އޯ ހދ ނައިވައިދޫ ފާމަސީ

އެސް.ޓީ.އޯ ހދ ނެއްލައިދޫ ފާމަސީ

އެސް.ޓީ.އޯ ހދ ވައިކަރަދޫ ފާމަސީ

އެސް.ޓީ.އޯ ހދ ނޮޅިވަރަންފަރު ފާމަސީ

 

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

02 ނޮވެންބަރު 2023
ހޯދާ