ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާ މިސްކިތުގެ މަރާމާތު

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު: (IUL)380/2023/31 (20-08-20223) ގެ އިޢްލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު އެކަށީގެންވާ ވަރަށްވުރެން ބޮޑުކަމަށް ފެންނާތީވެ، އެއިޢްލާން ބާޠިލުކޮށް އަލުން ދ.މާއެނބޫދޫ ކައުންސިލުން ދެއްވާ މަޢުލޫމާތާއެއްގޮތަށް ދ.މާއެނބޫދޫ މަސްޖިދުލް ޒިކުރާ މިސްކިތުގައި ކުރަންބޭނުންވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 06 ނޮވެމްބަރު 2023  ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 12 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރަންވަޑައި ނުގަންނަވާ ފަރާތްތަކާއި،އަންދާސީ ހިސާބު ހުށަހަޅަން އޮންނަގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކުސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކުސް އެއްވަރުވެއްޖެނަމަ މާކުސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކުސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތުގެ އަގަށް (އެންމެ ކުޑައަގު ބެންޗްމާކުކަމުގައި ބަލައިގެންނެވެ.)

% 70

މުއްދަތަށް (އެންމެ ކުރު މުއްދަތު ބެންޗްމާކުކަމުގައިބަލައިގެންނެވެ.)

% 20

މަސައްކަތުގެ ތަޖުރިބާއަށް

% 10

އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 ނޮވެންބަރު 2023
ހޯދާ