ދިވެހިރާއްޖެ
ފެލިދޫ މަގުތަކުގައި ޖަހާ ބައްތީގެ ހޮޅިދަނޑިތައް ތައްޔާރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "މަގުބައްތިތަކުގެ ހޮޅިދަނޑި ތައްޔާރުކުރުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
07 ނޮވެމްބަރ 2023 |
އަންގާރަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ބިޑް ހުށަހެޅުން |
09 ނޮވެމްބަރ 2023 |
ބުރާސްފަތި |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- ތަޖުރިބާ: ނިންމާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ނުވަތަ އެންމެ ބޮޑު އަގަކަށް މަސައްކަތް ނިންމާފައިވާކަމުގެ ތަޖުރިބާ ލިޔުމަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ. އެންމެ ގުޅުން ހުރި މަސައްކަތެއް ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.