ދިވެހިރާއްޖެ
މަޤާމް :ރެޖިސްޓަރޑް ނާރސް | |
---|---|
ބޭނުންވާ އަދަދު :1 | |
ނޯޓް؛ މިކޯޕަރޭޝަންގެ ނަންބަރު POLWEC(IUL)/2023/12 އިޢުލާނަށް އެކަށީގެންވާ ވަރަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. އަސާސީ މުސާރަ: -/4,500ރ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) އެލަވަންސް؛ ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %80 އިތުރުގަޑި އެލަވަންސް: އަސާސީ މުސާރައިގެ %60 ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ) ރިސްކް އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ) އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، މާލެ މަސައްކަތް ކުރަންޖެހޭތަން: ނޫސަންދަ / މާލެ މަޤާމުގެ ޝަރުތު: - ނާރސިންގ ދާއިރާއިން ދަށްވެގެން އެމް.ކިއު.އޭ. ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. - މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން. - ވަޒީފާ ދިނުމުގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އިތުރު މަޢުލޫމާތު: މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރު 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ (ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ސީ.ވީ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. # އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. |