މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ބިޒްނަސް ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކޮށް ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

 

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

 މާލެ، ދިވެހިރާއްޖެ.                                          

                                                       

ނަންބަރު: IUL)30-MAP/30/2023/210)

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ބިޒްނަސް ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކޮށް ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާއިން ބައެއް، ބިޒްނަސް ޓްރެއިނިންގ މެޓީރިއަލް އެކުލަވައިލުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

 

ވީމާ، މި ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް ޝަރުޠުފުރިހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި ހިދުމަތަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގެ ޓެމްޕްލޭޓް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ.

 

މި ކޮންސަލްޓަންސީއަށް ކުރިމަތިލާ ކޮންސަލްޓިންގ ފާރމް (ކޮންސަލްޓަންޓް) އަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

 

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

 

ޝޯޓްލިސްޓްކުރެވޭ ކްރައިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 2 ގައި ހިމެނިފައިވާނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ނުވަތަ ފެންވަރު އެންހޭންސްކުރުމަށްޓަކައި އެހެން ފާރމްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 08 ނޮވެމްބަރު 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 12 ނޮވެމްބަރު 2023 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 15 ނޮވެމްބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

 

 

17 ރަބީޢުލްއާޚިރު 1445

01 ނޮވެމްބަރު 2023

                                                                                 

01 ނޮވެންބަރު 2023
ހޯދާ