މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިންނަމާދޫ ކައުންސިލްގެ 3 ވަނަ ފުޓްސަލް މުބާރާތާއި ގުޅޭ:

                                                       (IUL)307/INDIV/2023/72:ނަންބަރ  

މިކައުންސިލުން އިންތިޒާމްކޮށްގެން 08 ޑިސެމްބަރ 2023 ގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ބާއްވާ ތާރީހަށް ބަދަލުގެނެވިފައިވާތީ ދަންނަވަމެވެ.

ރ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އަތޮޅު ފުޓްސަލް މުބާރާތް" 15 ޑިސެމްބަރ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް 2023 ނޮވެމްބަރ 24 ވާ ހުކުރު ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމަތަށްޓަކައި ދަންނަވަމެވެ.

  • މުބާރާތުގައި ބައިވެރިވުމަށް ޓީމުތައް ރަޖިސްޓްރީކުރުން: 13 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

ޓީމް ރަޖިސްޓްރީކުރާ ފޯމް: https://drive.google.com/file/d/14TX7PG7tnst74vez7OKqyyrXDqEH5BW2/view?usp=drive_link

  • ކުޅުންތެރިން ރަޖިސްޓްރީކުރުން: 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

ކުޅުންތެރިން ރަޖިސްޓްރީކުރާ ފޯމް: https://drive.google.com/file/d/1c9YrZ-s54Y5f1lf0Jy8O4DlETv0LsS06/view?usp=drive_link

މުބާރާތުގެ ޤަވާއިދު ބެއްލެވުމަށް: https://drive.google.com/file/d/14TX7PG7tnst74vez7OKqyyrXDqEH5BW2/view?usp=drive_link

މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާގެ ސްޕޯރޓްސް ކައުންސެލަރ އިބްރާހީމް ޔާސީން (7925507) އާ ގުޅުއްވުން އެދެމެވެ. 

މި އިއުލާނާއެކު، މި ކައުންސިލްގެ ނަންބަރު: (IUL)307/INDIV/2023/66 (22 އޮކްޓޯބަރ 2023) ގެ އިއުލާނު ބާތިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

01 ނޮވެންބަރު 2023
ހޯދާ