ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޕްރޮޖެކްޓް އޮފިސަރ

މަޤާމް

އެމް. އެސް 1

ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ފ. މަގުދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ސެކްޝަން

ފ. މަގޫދޫ ކައުންސިލްގެ އިދާރާ، ފ. މަގޫދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

5,610.00 ރުފިޔާ

މުސާރަ

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް

1 (އެކެއް)

ބޭނުންވާ އަދަދު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

 

- އެކިއެކި މަޝްރޫޢުތަކާއި، މަސައްކަތްތަކަށް ފަންޑް ހޯދުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ރަށުކައުންސިލްގެ ބެލުމުގެދަށުން ހިންގަންޖެހޭ ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުން.

- ތަރައްޤީގެ މަޝްރޫޢުތަކާއި މަސައްކަތްތައް، ކަނޑައެޅި ހަމަޖެހިފައިވާ ގޮތުގެ މަތިން ހިންގުމާއި ބެލެހެއްޓުން.

- އިމާރާތްކުރުމުގެ ހުއްދަ ދިނުމުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުން.

- ބިން ޕްލޭންކުރުމާއި، ކުލީ ބިމާއި ޚާއްޞަ މަސައްކަތްތަކަށް ދޫކުރާ ބިމުގެ ކަންތައްތައް ބެލެހެއްޓުން.

- ބޯހިމެނުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

- މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

- ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

- ރަށުކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތި ޤަވާޢިދުން ހޯދާފައި ސްޓޮކް ބަލަހައްޓާ ފަރާތާ ހަވާލުކުރުން.

- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ލިޔުންތަކާއި، ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލްކުރުން.

- ތަފާސްހިސާބާއި އެކިއެކި ސާރވޭތަކުގެ މަސައްކަތްތައް ބެލެހެއްޓުން.

- ހަމަޖެހިފައިވާ އުޞޫލުން އޮފީސް ހުޅުވައި ލެއްޕުން.

- ވަޒީފާގެ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް، އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

 

 

- މި މަޤާމްތަކަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރާއި ޤާބިލްކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން  އެންމެމަތީ މާކްސްހޯދާ ފަރާތްތަކެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭ ފަރާތްތަކަށް، މަސައްކަތުގެ ފެންވަރު ބަލާ ފޯމުން، ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚްލާޤަށް ބަލައި، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން، 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 އިން ފެށިގެން މި ކައުންސިލުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ހާޒިރުވެތިބުން އެދެމެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި މުއްދަތު

2015 މާރިޗު 19 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ބޭނުންވާ އެހެނިހެން ލިއުންތަކާއެކު، ފ. މަގޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

އުޖޫރައާއި ޢިނާޔަތްތައް

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ފ. މަގޫދޫ ކައުންސިލްގެ އިދާރާއިންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6740014 ނަންބަރު ފޯނާއެވެ.

- ފެކްސް ނަންބަރަކީ 6740596 އެވެ.

- އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު

 14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ