ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯއާއި ދިދަތަކުގެ  ތެރެއިން ހޮވޭ އެންމެ ރަނގަޅު ހުށަހެޅުމަކަށް 8000.00ރ (އަށްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯއާއި ދިދަ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:

  1. ފަރުމާކުރެވޭ ލޯގޯއަކީ މަޑިފުށި ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ.
  2.  މަޑިފުއްޓަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ތ މަޑިފުށީ ރަމްޒުކޮށްދިނުމާއި، މަޑިފުއްޓަކީ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތަ އަދި ކުޅިވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމާއި، މަޑިފުށީގެ މަސައްކަތްތެރިކަމާއި، ޘަޤާފަތާއި، ތާރީޚާއި އާދަކާދަ ރަމްޒުކޮށްދޭ ގޮތަށް ފަރުމާ ކުރުން.
  3. ލޯގޯއާއި ދިދައިގައި ހިމެނޭ ކޮންމެ ކުލައަކުން ރަމްޒުކޮށްދޭ މާނަ ހުށަހަޅަންވާނެއެވެ. އަދި ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ އެއްޗެއް ތަފްސީލްކޮށް ބަޔާން ކުރަންވާނެއެވެ.
  4. ފަރުމާކުރެވޭ ލޯގޯއާއި ދިދައަކީ މުޅިން އައު، އަމިއްލަ ވަންތަ ތަކެއްޗަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  5. ލޯގޯއާއި ދިދައަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  6. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓާފް ކާޑުފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  7. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ DPi600 ނުވަތަ އެއަށްވުރެ މައްޗެވެ.
  8. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG  ފޯމެޓަށެވެ.
  9. ލޯގޯ ފަރުމާ ކުރާއިރު ކައުންސިލް އިދާރާގެ ނަން ލޯގޯގެ ތިރީގައި ބޭނުންކުރާނީ  (ދިވެހި ބަހުން  ''ތ މަޑިފުށި ކައުންސިލް އިދާރާ'' އެވެ. (އިނގިރޭސި ބަހުން '' Thaa. Madifushi council''އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ލޯގޯގެ PNG, PSD  އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯ ފަރުމާކުރުމުގައި ބޭނުންކުރި ފޮންޓު ހުށައަޅަންވާނެއެވެ.
  3. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF  ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF  ފައިލް 10 އެމް.ބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
  4. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
  5. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  6. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  7. ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
  8. ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  9. ލޯގޯއާއި ދިދައިގައި ބޭނުންކޮށްފައިވާ ކުލަތަކުގެ ތަފްސީލް، (ކަލަރ ކޯޑް)
  10. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.

ލޯގޯ ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތް:

ލޯގޯ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ތިރީގައި ބަޔާން ކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާއި އެއްގޮތަށް ކައުންސިލުން އެކުލަވާލާ 07 މެމްބަރުންގެ ކޮމިޓީއަކުން ލޯގޯއަށް މާކްސްދީ އެންމެ މަތިން މާކްސް ލިބޭ ލޯގާއާއި ދިދަ، ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައިގެން ފާސް ކުރާގޮތަށެވެ.

މާކްސް ދެވޭ މިންގަނޑު:

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

20

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

25

އަމިއްލަވަންތަކަން

25

ބަޔާންކޮށްފައިވާ މިންގަނޑުތަކާއެއްގޮތަށް ރަމްޒުކޮށްދީފައިވާ މިންވަރު

30

 މަތީގާއި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯއާއި، ލޯގޯއާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް 09 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2023
ހޯދާ