މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭސްޓްރީ ކޯހެއް ހިންގުން

ކ.ތުލުސްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިސްނަގައިގެން މި ކައުންސިލާއި ގުޅިގެން ޕޭސްޓްރީ ކޯހެއް 2023 ނޮވެމްބަރ 15ގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޯހުގެ ފީއެއް ގޮތުގައި -/500 (ފަސް ސަތޭކަ ރުފިޔާ) ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މިކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރަސްމީ ދުވަހު ހެނދުނު 10:00 އިން 13:30 އަށް މި އިދާރާއަށް ދުރުވެ ނުވަތަ 6640193 ނަންބަރު ފޯނާ ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 2023 ނޮވެމްބަރ 9 ވަނަ ދުވަހުގެ 13:30 ކަމުގައި ދަންނަވަމެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތުލިބޭނީ ފުރަތަމަ ނަންނޯޓުކުރާ 20 ބައިވެރިންނަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ނޮވެންބަރު 2023
ހޯދާ