ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތީގެ ވެރިފަރާތް ހޯދުން

ފެލިދޫ ބަނދަރުގެ އިރުއުތުރު ފަރާތު ވާޓަރުގައި އަޅާފައިވާ (ރަޖިސްޓްރީ ނަންބަރު އަދި ނަންވެސް ނެތް) އަޅިކުލައިގެ ލޯންޗަކީ އޭގެ ވެރިފަރާތް ހޯދުމަށް ކައުންސިލުން މަސައްކަތްކޮށް އޭގެ ވެރިފަރާތް މިކައުންސިލަށް އެނގިފައިނުވާއެއްޗެކެވެ. މިލޯންޗުގެ ފޮޓޯއެއް މިއިޢުލާނާއި އެއް ހީރަސް ކުރެވިފައި ވާނެއެވެ.

 ވީމާ، މިލޯންޗުގެ ވެރިފަރާތުން މިއަދުން ފެށިގެން 15 ދުވަސްތެރޭގައި ވެރިފަރާތުގެ މަޢުލޫމާތު މިކައުންސިލާއި ހިއްޞާކުރުމަށްފަހު، މިކައުންސިލުން އަންގާ ސަރަހައްދަކަށް ބަދަލުކުރުމަށް ދަންނަވަމެވެ. އަދި މިދެންނެވި ގޮތަށް އަމަލުކޮށްފައިނުވާނަމަ، ޤަވާއިދު ނަންބަރު: 2013/R-1443 ޢާއްމު ތަންތަނަށާއި، މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން 15 ދުވަސްތެރޭގައި އެސަރަހައްދުން ތަކެތި ނުނަގައިފިނަމަ، އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި މިކައުންސިލުން ބަލައި، އެ ޤަވާއިދުގެ 8 ވަނަ މާއްދާގައިވާގޮތުގެމަތިން އެ އެއްޗެއް ނަގައި ނައްތާލުމާއި، އެ ޤަވާއިދުގެ 9 ވަނަ މާއްދާގައިވާގޮތުގެމަތީން އެ އެއްޗެއް ނީލަމުގައި ވިއްކާލުމުގެ ފުރިހަމަ އިޙްތިޔާރު ކައުންސިލަށް ލިބިގެންވާކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.  

01 ނޮވެންބަރު 2023
ހޯދާ