މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ " މާފަރު " ލޯންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " މާފަރު " ލާންޗާއި، މާފަރު ލޯންޗުން ކުރިން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 02 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން ލޯންޗާއި، 02 އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅުއްވާއިރު، ލޯންޗާއި، އިންޖީނުގެ އަގު ހަށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " މާފަރު ލޯންޗާއި،މާފަރު ލޯންޗުން ކުރިން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް  02 އިންޖީނާއެކު ނީލަމުގައި ބައިވެރިވުމަށް"މިހެން ލިޔަންވާނެއެވެ. ނީލަން ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން އަދި [email protected] މެއިލް ކުރެއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ.

ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 12:00 އާ ހަމައަށް ހުށަހެޅޭ އެންމެމަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 13:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެމަތީ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.  

 

ނީލަން ފެށޭއަގު: 500,000.00 (ފަސްލައްކަ ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:  ފަހަރަކު 5000.00 ( ފަސްހާސް ރުފިޔާ )

    ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯންޗް އަދި އިންޖީނު ބަލާލުމުގެ އިންތިޒާމް 2023 ނޮވެމްބަރ 02 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08.00 ން މެންދުރުފަހު 12:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2023
ހޯދާ