ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑެޕިއުޓީ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް

މުސާރަ، އިނާޔަތްތަކާއެކު:

މަހަކު: -/10،500 ރުފިޔާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ޓްރިބިއުނަލްގެ ފައިސާއާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް، ރިކޯޑުކޮށް ބެލެހެއްޓުމާއި، ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގުމާއި، ތަކެތި ހޯދުމާއި، އިންވެންޓްރީ ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން ފަދަ ފައިސާއާ ގުޅުންހުރި އެންމެހައި މަސައްކަތް ކުރުން.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އެކައުންޓިންގއާ ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ،
  • އޭ ލެވެލް އިމްތިޙާނުގެ ދެ މާއްދާއާ އޯ ލެވެލް އިމްތިޙާނުގެ އިނގިރޭސިންނާއި އެސް.އެސް.އީ އިމްތިޙާނުގެ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އޯ ލެވެލް އިމްތިޙާނުގެ އިނގިރޭސި ހިމެނޭގޮތަށް ހަތަރު މާއްދާއާއި، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެއްސާއެކު، ފަސް މާއްދާއިން ދަށްވަގެން 'ސީ' ފާސް ލިބިފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01  

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

  • މަހަކު: -/14,700 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަން ދަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުން.
  • މައްސަލަތަކުގެ ރިޕޯޓު ތައްޔާރު ކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.
  • ޓްރައިބިއުނަލްގެ ހަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާ އެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލްގެ މެމްބަރުންނަށް ދިނުން.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް.)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތު މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓް www.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

13 ޖުމާދަލްއޫލާ 1436

 

 

04 މާރިޗު 2015
ހޯދާ