މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕޯސްޓަލް އޮފިސަރ – ކޮންޓްރެކްޓް/ވަގުތީ

 

 

 

ވަޒީފާގެ ފުރުޞަތު

މަޤާމް :

އެސިސްޓެންޓް ޕޯސްޓަލް  އޮފިސަރ – ކޮންޓްރެކްޓް/ވަގުތީ

ބޭނުންވާ އަދަދު:

01 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/5700 ރުފިޔާ (ފަސްހާސް ހަތް ސަތޭކަ ފަސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2600 ރުފިޔާ (ދެހާސް ހަސަތޭކަ ރުފިޔާ )
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ހދ.ކުޅުދުއްފުށި ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އޭލެވެލް އިން މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން އީ ފާސް ލިބިފައިވުމާއެކު ދިވެހި ، އަދި އިގިރޭސިން ފާސްވެފައިވުން
  • އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު 2 އަހަރު މަސައްކަތު ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންޓަރ ޚިދުމަތް ދިނުމާއި ޕޯސްޓަށް އަންނަ/ފޮނުވާ ތަކެތި ޑެލިވަރީއަށް ތައްޔާރުކުރުން ފަދަ އޮޕަރޭޝަންސްއާއި ގުޅުން ހުރި މަސައްކަތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން  ފާސްވުން
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
  • ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުމާއި ގަޑިއަށް ކަމޭހިތުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

 ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ރަސްމީ މަސައްކަތު ގަޑި:

  • 8:00 އިން 16:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • **ވަކިވަކި ޑޮކިއުމެންޓްތައް ފޮނުވަންވާނީ އެއްޑޮކިއުމެންޓެއްގެ ގޮތުގައެވެ. އެނޫންގޮތަކަށް ފޮނުވާ ޑޮކިއުމެންޓްއެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 06 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހަވީރު 00:04 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 06 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 00:01 އާ ހަމައަށް  ހދ.ކުޅުދުއްފުށި ޕޯސްޓް އޮފީސް އިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
31 އޮކްޓޫބަރު 2023
ހޯދާ