މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ވަށާފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން :

އަމިއްލަ ތަކެތީގައި ބ.ކެންދޫ ގަބުރުސްތާނުގެ ވަށާފާރު މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                     ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ޕްރީބިޑް ބައްދަލުވުން:

06 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގައި ކެންދޫ ކައުންސިލް އިދާރާގައި

ބީލަން ބަލައިގަތުން:

13 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 11:30 ގައި ކެންދޫ ކައުންސިލް އިދާރާގައި

                  

                     ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ  ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ކަރުދާހުގައި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގޮތާއި ޚިލާފް ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6600004 އަށް ގުޅުއްވާ މައުލޫމާތު ސާފު ކުރެއްވުމަށް ދަންނަވަމެވެ.   

31 އޮކްޓޫބަރު 2023
ހޯދާ