ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ޕާރޓިޝަން އަދި ހޯލުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އަމިއްލަ ތަކެތީގައި މި ސްކޫލުގެ ހޯލުގެ ސީލިންގާއި ކްލާސްރޫމް ވަކި ކުރުމަށް ބޭނުންކުރާ ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތިގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 11 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2015 މެއި 17 ވާ އަންގާރަދުވަހުގެ 11:00 ގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އެފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ސޮއިކޮށްފައި އޮންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އަންދާސީހިސާބު ހުށަހަޅާނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުން އަންދާސީހިސާބު ހުށަހަޅާނަމަ ރަޖިސްޓަރީގެ ކޮޕީއަކާއި، އަހަރީ ފީދެއްކި ރަސީދު ހުށަހަޅަންވާނެއެވެ. މި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކާއި، މަޢުލޫމާތު ހޯއްދަވަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެވާހަކަ ދަންނަވަމެވެ.

ޕޮއިންޓް ދެވޭ އުސޫލު:

ހުށަހަޅުއްވާ އަގަށް:       %70   

ހުށަހަޅުއްވާ މުއްދަތަށް:     %20

ލިބިފައިވާ ފަންނީ ތަޖުރިބާއަށް: % 10

08 މާރިޗު 2015
ހޯދާ