މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގައި ހިންގަމުންދާ އެކިއެކި ވިޔަފާރިތަކާއި މަސްވެރިންނާއި ދަނޑުވެރިނާއި ސިނާއީ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުތަށް އެކުލަވާލުން

ކ. ތުލުސްދޫގައި ހިންގަމުންދާ އެކިއެކި ވިޔަފާރިތަކާއި މަސްވެރިންނާއި ދަނޑުވެރިނާއި ސިނާއީ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުތަށް އެކުލަވާލުން

  ކ. ތުލުސްދޫ ކައުންސިލްގެ އިދާރާގެ  ފަރާތުން އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސް ހިސާބު އެއްކޮށް ވިޔަފާރި، ހޮޓާ، ރެސްޓޯރެންޓް، ގެސްޓްހައުސް، އާންމު މާރުކޭޓް ފަދަ ތަންތަނާއި ގުޅޭ ދަފްތަރުތަކާއި ކ. ތުލުސްދޫގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާފަރާތްތަކުގެ (ފަޅުވެރިން، ކެޔޮޅުން، އޮޕަރޭޓަރުން އަދި އޮޑިވެރިން) ދަފްތަރަކާއި، ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ވިޔަފާރިތަކާއި އާންމު ފަރާތްތަކުގެ އެއްބާރުލުމާއެކު މަސައްކަތް ކުރިއަށް ގެންދަމުންދާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކައުންސިލުން މި އިއުލާންއާއެކު އާންމުކުރާ ގޫގަލް ފޯމްތަށް ރަށުގައި ހިންގާ ފިހާރަ، ހޮޓާ، ރެސްޓޯރެންޓް، ގެސްޓްހައުސް، އާންމު މާރުކޭޓް، މަސްވެރިކަން އަދި ދަނޑުވެރިކަން ކުރާ ފަރާތްތައް އަދި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކުން ފުރިހަމަކޮށް މި ދަފްތަރުތަކުގައި ރަޖިސްޓަރ ވުމަށް ދަންނަވަމެވެ.  އަދި ލިކްން މެދުވެރިކޮށް ފޯމް ފުރުމަށް ދަތިވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6640193 ނަންބަރު ފޯނަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަބީއުލް އާހިރު 1445

31 އޮކްޓޫބަރު 2023
ހޯދާ