މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ 04 ބިމެއް 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން

                                   ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ 04 ބިމެއް 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުން

    މި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ތިރީގައި މިދަންނަވާ ބިންތައް 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ބިމުގެ ނަންބަރު

ބޮޑުމިން (އަކަފޫޓް)

ބާވަތް

Q-01

2009

ރީޓެއިލް ވިޔަފާރި ހިންގުމަށް

Q-02

2048

ރީޓެއިލް ވިޔަފާރި ހިންގުމަށް

Q-03

1337

ރީޓެއިލް ވިޔަފާރި ހިންގުމަށް

Q-04

915

ރީޓެއިލް ވިޔަފާރި ހިންގުމަށް

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

 ބީލަން ހުށަހެޅުމަށް 2023 އޮކްޓޯބަރ 31 ން 2023 ނޮވެމްބަރ 06 ވާ ހޯމަ ދުވަހުގެ 13:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.

"ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/736u34ZBQ6

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

        އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  •  އިތުރު މަޢުލޫމާތު ސާފުކުރުން:

        މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ  2023 ނޮވެމްބަރ 07 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީ-މެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

ފޯން:  6600043

އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

       ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2023 ނޮވެންބަރ 12 ވާ އާދިއްތަ ދުވަހުގެ 10:15 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 އޮކްޓޯބަރ 2023  

31 އޮކްޓޫބަރު 2023
ހޯދާ