ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ހައުސްކީޕަރުގެ މަޤާމަށް މުވައްޒަފެއް ހޯދުން

މި އިޢުލާންވަނީ 31 އޮކްޓޫބަރު 2023 16:34 ގައި ބާތިލް ކުރެވިފައެވެ.


ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

އެސިސްޓެންޓް ހައުސްކީޕަރ

މަޤާމް:

J-391348

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސްއެސް 2

މަޤާމުގެ ރޭންކް:

ސަޕޯރޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޅ. އަތޮޅު ހޮސްޕިޓަލް      

ވަޒީފާ އަދާކުރަންޖެހޭ ތަން:

3,470.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސާރވިސް އެލަވަންސް:

1-      ސަޕޯރޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 1200.00 ރ

2-      މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި މަހަކު 613.00 ރ

3-      ސްޕެޝަލް ޑިޔުޓީ އެލަވަންސް ގޮތުގައި 1214.50 ރ

4-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

5-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

6-      ހަމަޖެހިފައިވާ އުޞޫލުން ޑިޔުޓީ އަދި ރިސްކް އެލަވަންސް

އެހެނިހެން އެލަވަންސް:

  1. ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފްކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރުވާ، މަސައްކަތް ސްޕަރވައިޒްކޮށް މަސައްކަތް ރަގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހިންގަވަން ހުންނެވި ވެރިޔެއްގެ މަޝްވަރާގެ މަތިން ކުރުން 
  2. ހޮސްޕިޓަލާއި ހޮސްޕިޓަލާއި އިންވެގެން ހުރި ޢިމާރާތްތައް ދުވަހުން ދުވަހަށް ކުނިހަކާ ފޮޅާ ސާފްކުރުމުގެ މަސައްކަތް ކުރުވުން.
  3. ހޮސްޕިޓަލްގެ ގޯތިތެރެ އަބަދުވެސް ސާފްކޮށް ބޭއްވުމަށް މަސައްކަތްކުރުން.
  4. ހޮސްޕިޓަލްގެ ޢިމާރާތުގައި ޤާއިމްވެފައިވާ އޮފީސްތަކާއި ޢާއްމުންނާއި މުވައްޒަފުން ޚިދުމަތް ހޯދާ ތަންތަނުގައި ބެހެއްޓިފައިވާ ވަސީލަތްތައް، އެވަސީލަތެއް ބެހެއްޓިފައިވާ ތަނެއްގެ ރަސްމީ ޚިދުމަތް ފެށުމުގެ ކުރިން ބެލުމަށްފަހު ރަގަޅު ކުރަންޖެހޭ ކަންކަން ސަޕޯރޓް ސާރވިސްގެ ކަމާއިބެހޭ މުވައްޒަފުންނަށް ރިޕޯރޓްކުރުން.
  5. ހޮސްޕިޓަލްގެ ޢިމާރާތުގައި ޤާއިމްވެފައިވާ އޮފީސްތަކާއި ޢާއްމުންނާއި މުވައްޒަފުން ޚިދުމަތް ހޯދަ ތަންތަނުގައި ބެހެއްޓިފައިވާ ވަސީލަތްތައް، އެވަސީލަތެއް ބެހެއްޓިފައިވާ ތަނެއްގެ ރަސްމީ ޚިދުމަތް ފެށުމުގެ ކުރިން ބެލުމަށްފަހު ރަގަޅު ނުކުރެވޭ ނުވަތަ ޚިދުމަތް ނެދެވޭނަމަ އެކަން ހޮސްޕިޓަލް ހިންގަން ހުންނަވާ ފަރާތަށް އެންގުން.
  6. ހޮސްޕިޓަލްގެ ޚިދުމަތްދޭ ޑިޕާރޓްމެންޓް ތަކުގައި ހެދިފައިވާ ސާފްތާހިރުކަމުގެ މިންގަޑުތަކާއި އުޞޫލުތަކަށް އަހުލުވެރިވެ އިޙްތިރާމްކުރުން.
  7. ރިފާރބިޝް ކުރަންޖެހޭ ތަންތަން ފާހަގަކޮށް ދެނެގަނެ ސަޕޯރޓް ސާރވިސްގެ ކަމާއި ބެހޭ މުވައްޒިފުގެ ސަމާލުކަމަށް ގެނައުން
  8. ރަސްމީ ބަނދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑި ފެށުމުގެ ކުރިން މުޅި ޢިމާރާތް ބެލުމަށްފަހު މުހިއްމުކަމެއް ދެވިގެން ސާފްކުރަންޖެހޭ ތަންތަން ފާހަގަކުރުމަށްފަހު މަސައްކަތް ޙަވާލުކުރުން.
  9. ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށް ހޮސްޕިޓަލްގައި ކުރެވޭ މަސައްކަތްތައް ، އެމަސައްކަތެއް ކުރެވޭ ވަގުތުގައި ސްޕަރވައިޒްކުރުން.
  10. ހޮސްޕިޓަލްގައި އެފެދޭ ބަޔޯހަޒާރޑް އެތަކެތި ނައްތާލަން ހަމަޖެހިފައިވާ އުޞޫލުން ނައްތާލުމުގައި ޢަމަލީގޮތުން ޕަބްލިކް ހެލްތް ޔުނިޓަށް އެހީތެރިކަން ދިނުން.
  11. ހޮސްޕިޓަލްގައި އުފެދޭ ޢާއްމުކުނި، އެތަކެތި ނައްތާލަން ހަމަޖެހިފައިވާ އުޞޫލުން ނައްތާލަމުންގެންދޭތޯ ބެލުން.
  12. ހޮސްޕިޓަލްގެ ގުދަންތަކާއި ، އޮފީސްތަކާއި، ފާޚާނާ ، ކޮޓަރިތަކާއި އަދި ހޮސްޕިޓަލަށް ވަދެނުކުމެވާ ދޮރުތަކުގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  13. ހޮސްޕިޓަލްގެ ޢާންމު ސަރަޙައްދުގައި މުވައްޒިފުންނާއި ޢާންމުންގެ ބޭނުމަށް ބެހެއްޓިފައިވާ ވަޞީލަތްތަކާއި ޚިދުމަތް ދިނުމުގައި ގެންގުޅޭ ވަޞީލަތްތައް ދެނެގަނެ ޚިދުމަތާއި ބޭނުންތަކަށް ދަތިނުވާނެފަދައިން ބަޖެޓް އެނޑް ފައިނޭންސް ނުވަތަ ސްޓޮކް މެދުވެރިކޮށް ކަނޑައެޅިފައިވާ އުޞޫލުން ތަކެއްޗަށް އެދި އެތަކެތި ހޯދުންކަން ޔަޤީންކުރުން.
  14. ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމްތައް ސިވިލް ސަރވިސް ކޮމިޝަނުން އެކަށައަޅުއްވާފައިވާ ޤަވާޢިދާއި އެއްގޮތަށް ފުރިހަމަކުރުން.
  15. ހޮސްޕިޓަލްގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތުގެމަތިން ސެކްޝަންގެ މުވައްޒަފުންގެ ޑިޔުޓީރޯޓާތައް ހެދުމާއި މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒްކޮށް ، އަޅަންޖެހޭ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތަތްކުގެ ލަފާގެ މަތިން އެޅުން.
  16. ފޮޅާ ސާފްކުރުމަށް ބޭނުންކުރާތަކެތި މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން ހޯދާ ބެލެހެއްޓުން.
  17. ހޮސްޕިޓަލް ގެ ގޯތިތެރޭގައި ހުންނަ ހުސްތަންތަނުގައި ޒީނަތްތެރިކުރުމަށް ގަސްއިންދާ ބެލެހެއްޓުމާއި އަދި ހޮސްޕިޓަލްގެ ޢިމާރާތުގެ އެތެރޭގެ ޒީނަތްތެރިކަން އިތުރުކުރުމަށް އެކިއެކި ތަންތަނުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  18. އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  19. ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  20. ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  21. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
  22. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          ލިޔަން ކިޔަން އެނގުން

 

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

* ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

* ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

* ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުތުތައް:

-          ފޮޅާ ސާފްކުރުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ހޮސްޕިޓަލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އަސާސީ ޝަރުތު ހަމަވުން                    %50

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމް    %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ    %5

-          އިންޓަރވިއު                             40%

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ( [email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ 15 ނޮވެމްބަރ 2023 ން 10 ޑިސެމްބަރ 2023 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  (hr@health.gov.mv ) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 އޮކްޓޫބަރު 2023
ހޯދާ