އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އިންފޮމޭޝަން ސިސްޓަމް އޮޑިޓަރ (ގްރޭޑް 1)

މަޤާމް :ސީނިއަރ އިންފޮމޭޝަން ސިސްޓަމް އޮޑިޓަރ (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް 

ޑިޕާޓްމަންޓް

ފައިނޭންޝަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓް 

އަސާސީ މުސާރަ

-/9000ރ (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300 

ދުވާލަކަށް -/120ރ (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/2500ރ (ދެހާސް ފަސް ސަތޭކަ) ރުފިޔާ

އޮޑިޓް އެލަވަންސް

-/2000ރ (ދެ ހާސް) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

މާސްޓަރސް ހާސިލްކޮށްފައިވާނަމަ - -/2,000 (ދެ ހާސް) ރުފިޔާ 

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ (އެއްހާސް) ރުފިޔާ

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއިއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. 
  2. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. އިންފޮމޭޝަން ސެކިއުރިޓީ ސްޓްރެޓަޖީސްތައް ތަރައްޤީކުރުމާއި ތަންފީޒުކުރުމުގެ ޢިލްމާއި ހުނަރު ހުރުން. 
  2. އައި.ސީ،ޓީ ގަވަރނެންސް އާއި ރިސްކް އަދި ކޮމްޕްލައިން މެނޭޖްމަންޓް ގެ ޢިލްމާއި ހުނަރު ހުރުން.   
  3. ސައިބަރ/އިންފޮމޭޝަން ސެކިއުރިޓީއާ ގުޅުންހުރި ހިރާސްތައް ދެނެގަތުމުގެ ޤާބިލްކަން ހުރުން. 
  4. އައި،ޓީ އޮޑިޓްއާ ގުޅުންހުރި ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ. (މިސާލަކަށް: CISSP, CISM, CEH, OSCP, CISA ނުވަތަ  GPEN ފަދަ ސެޓްފިކެޓް)
  5. އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާއާ ގުޅުންހުރި ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ (މިސާލަކަށް: CIMA, ACCA ނުވަތަ މިފަދަ އެކައުންޓިންގ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ނުވަތަ އެކައުންޓިންގ ދާއިރާގެ ޑިގްރީއެއް އޮތުން)
  6. އޮޑިޓް ކުރުމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ. 
  7. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފަ ހަމަޖެހުމަށްފަހު، މި އޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފާރާތެއް ކަމުގައިވުން. 
  8. ދައުލަތުގެ އެއްވެސް ކުންފުންޏެއްގެ އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެންބަރެއްކަމުގައިވެސް ނުވުން. 
  9. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން. 
  10. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން. އާއިލީ ގާތްގުޅުން ކަމުގައި ބަލާނީ މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ، އެއްބަނޑު ދެބަފާ، ދެބަނޑު އެއްބަފާ، އަނބި، ފިރި، ދަރިން އެވެ.  

މަގާމުގެ މަސްއޫލިއްޔަތު

  1. އައި.ޓީ އޮޑިޓުގައި ބަލާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖެނެރަލް ކޮންޓްރޯލްސް (އައި.ޓީ.ޖީ.ސީ) އާއި އެސް.އޭޕީ / އީ.އާރް.ޕީ ގެ އޮޑިޓް ކޮންޓްރޯލްތަކާއި، ސެކިއުރިޓީ އާއި، ބިޒްނަސް ޓްރާންސްފޮމޭޝަން / ސިސްޓަމް އިންޓެގްރޭޝަންތަކާއި އީ.ކޮމާސް ވޯކްފްލޯތަކާއި އައި.ޓީ އެޕްލިކޭޝަންތަކުގެ ބިޒްނަސް ކޮންޓްރޯލްތަކުގެ ރިސްކް އެސެސްމަންޓްތަކާއި އޮޑިޓް ޓެސް ޕްރޮސީޖާސްތައް ހެދުން. 
  2. އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ކުރުމަށް އޮޑިޓް ޕްލޭން ތައްޔާރުކުރުމާއި އެ ޕްލޭން އާއި އެއްގޮތަށް އޮޑިޓް މަސައްކަތް ކުރިއަށްގެންދިއުން. 
  3. އޮޑިޓްކުރެވޭ މުއައްސަސާތަކުގެ އިންފޮމޭޝަން ސެކިއުރިޓީ ޕްރޮގްރާމްތަކުގައި އެކުލެވޭ ޕޮލިސީތަކާއި ޕްރޮސީޖަރތައް ހުރީ އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސްތަކާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ އިވޭލުއޭޓްކުރުން. 
  4. އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓް އެސެސްމަންޓްތައް ކޯޑިނޭޓްކުރުން. މިގޮތުން، އޮޑިޓް މަސައްކަތްތައް ރާވާ ބަލާ، ނެގޭ މައްސަލަތަކާ އެ މައްސަލަތައް އިސްލާހުކުރަން ލަފާދިންގޮތަށް މުއައްސަސާތަކުން ޢަމަލުުރަމުންދޭތޯ ޓްރެކް ކުރުން. 
  5. އޮޑިޓް ކުރެވޭ މުއައްސަސާތަކުގައި ގެންގުޅޭ ސައިބަރ ސެކިއުރިޓީ އެގްޒަމިނޭޝަން ޓޫލްތައް ބޭނުންކޮށްގެން އެތަންތަނުގައި ގެންގުޅޭ އިންފޮމޭޝަންތައް ހުރީ ޤަބޫލުކުރެވޭ ވަރަށް ރައްކާތެރިކޮށްކަން ބެލުން. 
  6. އައި.ޓީ ސޮލިއުޝަންތަކާއި ސިސްޓަމްތަކާއި ކޮންފިގަރޭޝަންތަކާއި ޔޫސަރ އެކްސެސް ކޮންޓްރޯލްތަކާއި ސެޓިންތައް ހުރީ މުއްސަސާގައި ގުންގުޅޭ ޕޮލިސީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށްތޯ އޮޑިޓުގެ ތެރެއިން ކަށަވަރުކުރުން. 
  7. ބިޒްނަސް ކޮންޓިނިއުޓީ އަދި އިންސިޑެންޓް ރެސްޕޮންސް ޕްލޭންތައް ހުރީ މުއައްސަސާގައި ގެންގުޅޭ ޕޮލިސީތަކާއި ގައިޑްލައިންތަކާއި އެއްގޮތަށްތޯ އޮޑިޓްކުރުމުގައި ކަށަވަރުކުރުން. 
  8. އޮޑިޓްގެ މަރުހަލާތަކުގައި ގެންގުޅޭ ތަފްސީލް މަސައްކަތު ކަރުސާތައް އަދި ރިޕޯޓުތައް ފަދަ ތަކެތި ތައްޔާރުކުރުމުގައި ޞައްޙަ ކަމާއި ލޮޖިކަލީ ސައުންޑް ކަަމަށް ސަމާލުކަން ދިނުމާއި އެކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ރިޢާޔަތްކޮށް މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުން. 
  9. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ތާރީޚްތަކަށް މަސައްކަތްކޮށް ނިންމުމުގެ ގޮތުންނާއި، އެތާރީޚްތަކަށް އޮޑިޓް ރިޕޯޓު ޝާއިޢުކުރުމުގެ ގޮތުން އޮޑިޓަރާއި ހަވާލުކުރެވޭ އޮޑިޓެއްގެ ބައިތަކުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން. 
  10. އޮޑިޓް ޕްލޭން އެކުލަވާލުމާއި، ޓީމުގައި ހިމެނޭ ޖޫނިއަރ ސްޓާފުންނާ މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އޮޑިޓް ކުރުމުގެ ބައިނަލް އަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރެވެމުންދޭތޯ ބެލުމާއި، އޮޑިޓް ޕްލޭން ފާސްކުރުމަށް މެނޭޖަރަށް ހުށަހެޅުން. 
  11. ސީނިއަރ އޮޑިޓަރުގެ ދަށުން މަސައްކަތް ކުރާމުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން. 
  12. އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، އެ އޮޑިޓަކާ ގުޅޭގޮތުން އޮޑިޓްކުރުމަށް ސީނިއަރ އޮޑިޓަރާ ހަވާލުކޮށްފައިވާ އޮޑިޓުގެ ބައިތަކުގެ މަސައްކަތަށް ހޭދަވާ ވަގުތު ބަލައި، އެވަގުތުތަށް، ފާސްކޮށްފައިވާ އޮޑިޓް ޕްލޭނުގައި ހިމެނޭ ވަގުތުތަކާއި އަޅާކިޔުން. 
  13. އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތާކައި ގުޅޭ ލިޔެކިޔުންތައް، އެ މައްސަލަތަކަށް ބާރުލިއްބައިދޭނެ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލުން. އޮޑިޓްގެ މަސައްކަތު ކަރުދަސްތައް"TEam Mate"ގައި ރައްކާކުރެވޭނެ މިންވަރަށް އެޕްރޮގްރާމަށް އަހުލުވެރިވުމާއި، "IDEA" އަދި އެހެނިގެން ކޮމްޕިއުޓަރ ޕްރޮގްރާމްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން. 
  14. މީގެ އިތުރުންވެސް ސުޕަވައިޒަރުން ހަވާލުކުރާ މަސައްކަތްތައް ކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޓޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

9 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. 

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، ,3348200, 3348275 ނަންބަރު ފޯނަށެވެ.

31 އޮކްޓޫބަރު 2023
ހޯދާ