ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމަށްދޭ ދަޢުވަތު

އިޢުލާން

ބީލަން ހުށަހަޅުމަށްދޭ ދަޢުވަތު

މަސައްކަތްކުރުވާ ފަރާތް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާ، ވ.ފުލިދޫ، ދިވެހިރާއްޖެ

ޕްރޮޖެކްޓް: ފަތުރުވެރީންގެ ގޮނޑުދޮށް ތަރައްޤީކުރުން  - ފިޔަވަހި 1

މަސައްކަތް : ފައިބަރ ގްލާސްއިން 100(ސަތޭކަ) ބީޗް ގޮނޑިއާއި، ބެންޗް ސީޓްހަރުކޮށްފައިވާ 12 (ބާރަ) މޭޒު ޖެހުމުގެ މަސައްކަތް ކޮށްދިނުން

އިޢުލާނު ނަންބަރު:

ތާރީޚް:

 

  1. 1.      ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ، "ފަތުރުވެރީންގެ ގޮނޑުދޮށް ތަރައްޤީކުރުމުގެ މަޝްރޫޢު"ގެ ފިޔަވަހި 1 ގެ ދަށުން، ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ "ފައިބަރ ގްލާސް އިން 100 (ސަތޭކަ) ބީޗު ގޮނޑިއާއި އަދި ބެންޗް ސީޓް ހަރުކޮށްފައިވާ 12 މޭޒު ޖެހުމުގެ މަސައްކަތް" ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 

  1. 2.      މަސައްކަތުގެ ސްކޯޕް

"60 (ފަސްދޮޅަށް) ދުވަހުގެ ތެރޭގައި ފައިބަރ ގްލާސް އިން 100 (ސަތޭކަ) ބީޗު ގޮނޑިއާއި އަދި ބެންޗް ސީޓް ހަރުކޮށްފައިވާ 12 މޭޒުޖައި ކައުންސިލާއި ހަވާލުކުރުން.

 

  1. 3.      ޝަރުޠު ހަމަވާފަރާތްތައް

ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށް، އެ ޤާނޫނޫތަކާއި އެއްގޮތަށް ހިންގާ އެންމެހާ ފަރާތްތަކަށް، މި މަސައްކަތްކޮށްދިނުމަށް،  ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 

  1. 4.      ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ވުމުން "ބީލަން ފޮތް" ކަރުދާސް އެ ފަރާތަކަށް ހަވާލުކުރެވޭނެއެވެ. ރަޖިސްޓަރީވުމަށް ފޯމު ފޮނުވާނީ ތިރީގައިވާ އެޑްރެހަށެވެ. ފޯމު އީމެއިލްގެ މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާންވާނި ކުންފުނީގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.

 

ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ/ގްރައުންޑް ފްލޯރ

މަގު: ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606700603+

އީމެއިލް: [email protected]

 

  1. 5.      (ށ)ބީލަން ހުށަހެޅުމުގެ ސުންގަޑި:

ތާރީޚު: 14ނޮވެންބަރު 2023

ގަޑި: މެންދުރުކުރީ 11:00

 

ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

  1. 6.      ބީލަމެއް ބަލައިގަތުމާއި، ބާޠިލުކުރުމާއި، އަދި ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން(ކޮންޓްރެކްޓް އެވާޑްކުރުމުގެ ކުރިން) ކޮންމެ ވަގުތެއްގައިވެސް، މުޅި ބީލަން މަރުޙަލާ އުވާލައި ހުރިހާ ބީލަންތަކެއް ބާޠިލުކުރުމުގެ އިޚްތިޔާރާއި ބާރު އަދި ހައްޤުލިބިދީފައިވަނީ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލަށެވެ. އަދި މިފަދަ ޙާލަތެއްގައި ބީލަން ހުށަހަޅާ ފަރާތަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.
30 އޮކްޓޫބަރު 2023
ހޯދާ