މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރ. އަލިފުށީގައި ތަރައްޤީ ކުރާ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ވޯކްޝޮޕްތަކަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

ރ. އަލިފުށީގައި ތަރައްޤީ ކުރާ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ވޯކްޝޮޕްތަކަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

ރ.އަލިފުށީގައި ތަރައްޤީ ކުރާ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓްގެ ވޯކްޝޮޕްތަކަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން2023  ނޮވެމްބަރ 06 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިޢާޔަތްކޮށް މިނިސްޓްރީގެ [email protected] އީ-މެއިލް އެޑްރެހަށް ކޮންޓްރެކްޓަރގެ ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) އަދި މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައިވާ އީ-މެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކުން،  2023 ނޮވެމްބަރ 07 ވާ އަންގާރަ ދުވަހުގެ 11:00  އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން/ އުމަރު ޒާހިރު ބިލްޑިންގ، 05 ވަނަ ފަންގިފިލާ، އޯކިޑުމާހިނގުން، ހުޅުމާލެ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

30 އޮކްޓޯބަރ 2023

30 އޮކްޓޫބަރު 2023
ހޯދާ