ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

 

                މިއިދާރާއަށް ވޭނަކާއި ކާރެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ރަޖިސްޓްރީ ކުރައްވާ ، މައުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިއުލާނާއިގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ޑޮކިއުމަންޓް ، ބިޑަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ، 2023 ނޮވެންބަރު 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް[email protected]  މެއިލްކުރައްވާ ބިޑްހުށައެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑްހުށައެޅުމަށް ރަޖިސްޓްރީ ކުރައްވަން ފޮނުވާ މެއިލްގައި ، ކުންފުނި ނުވަތަ ވިޔަފާރީގެ ނަން ، ފޯނުނަންބަރު ، އަދި އީމެއިލް އެޑްރެސް ހިމަނަން ވާނެއެވެ.  

ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ، 15 ނޮވެންބަރު 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ [email protected]  އަށް މެއިލްކުރެއްވުމުން ، ފޮނުވޭ ސުވާލުތަކުގެ ޖަވާބު 16 ނޮވެންބަރު 2023 ގެ ކުރިން ބިޑްހުށައަޅަން ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް އީމެއިލް އިން ފޮނުވޭނެއެވެ.   

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ ، 23 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ، ދ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށައެޅޭ ބިޑްތައް ބަލައި ނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން ، ތާރީޚާއި ވަގުތު އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި ، އަދި ހުށައެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންވާނަމަ ، މިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ[email protected]  އީމެއިލްއަށް މެއިލްކުރެއްވުމުން ސާފުކޮށްދެވޭނެއެވެ.

30 އޮކްޓޫބަރު 2023
ހޯދާ