އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބޮޑު ނިކަގަސްގެ ގޮފިތަކުން ކާރީގައި ހުރި ގެތަކަށް ގެއްލުންވާގޮތައް ހުރި ގޮފިތައް ކޮށާ ތުރާފިލުވަދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ރަށުގެ ބޮޑު ނިކަގަސްގެ ގޮފިތަކުން ކާރީގައި ހުރި ގެތަކަށް ގެއްލުންވާގޮތައް ހުރި ގޮފިތައް ކޮށާ ތުރާފިލުވަދޭނެ ފަރާތެއް ހޯދުން

ރަށުގެ ބޮޑު ނިކަގަސްގެ ގޮފިތަކުން މިޞަރަޙައްދުގައި ހުރި ގެތަކަށް ގެއްލުންވަމުންދާތީވެ، ކައުންސިލުންދޭ އިރުޝާދާއެއްގޮތަށް ނިކަގަހުގެ ގޮފިތައް ކޮށާ ތުރާފިލުވާދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިހެންކަމުން މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 05 ނޮވެމްބަރު 2023ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އީ-މެއިލް ކުރަށްވާނަމަ، މެއިލްކުރަށްވާނީ މިއިދާރާގެ އީމެއިލް[email protected]  އަށެވެ.
  • ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
  • މި ބީލަން ހުޅުވާލެވިފައިވަނީ ޢާންމު ފަރުދުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • ފޯމާއެކު އައިޑީ ކާޑް ކޮޕީއެއް ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ނޮވެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:15ގައި ނިކަގަސް ޞަރަޙައްދުގައެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 07 ނޮވެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށައެޅުން

 

  • އަންދާސީ ހިސާބު ބަލާގަތުމާއި ހުޅުވުން އޮންނާނީ 09 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           14 ރަބީޢުލްއާޚިރު 1445

29 އޮކްޓޫބަރު 2023                 

29 އޮކްޓޫބަރު 2023
ހޯދާ