ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އުދަގޫވާގޮތަށް މަގުމައްޗަށްވާގޮތަށް އަދި ބައެއް މަގުބައްތިތަކުގައި ޖެހޭގޮތައް ހުރި ގަސްގަހާގެހީގެ ގޮފިތަކާއި ރުކުގެ ފަންތަށް ކޮށުމާއި ގުޅޭ

ގދ. މަޑަވެލީގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތަކާއި އަދި ފަޅުގޯތިތަކުގެ މަގާއި ގޯޅިއަށްވާގޮތަށް އިމުން ބޭރަށް ނުކުމެފައި  ހުރި ގަސްގަހާގެހީގެ ގޮފިތަކާއި ރުކުގެ ފަންތައް  މަގުތަކުގައި ހަރުކޮށްފައިވާ ދަނޑިތަކުގައި ޖަހާފައިވާ  މަގުބައްތިތަކުގެ ޖެހިފައި ހުރުމުގެ ސަބަބުން ބައެއް ލައިޓްތަކަށް އެކިވަރުގެ ގެއްލުންލިބި މަގުމައްޗަށް އެލައިޓްތަކުން އަލި ވާންޖެހޭވަރަށް އަލި މަގުމައްޗަށް ނުވުމާއި ،އަދި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި އުޅަނދު ފަހަރަށާއި ހިނގާ އުޅޭ  ފަރާތްތަކަށް އެކިވަރުގެ ގެއްލުންލިބި އުނދަގޫވާކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ.

   ވީމާ، 09 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން  ގޯތިތަކުގެ އިމުންބޭރަށް 10 ފޫޓު ތިރިއަށް ލެނބިފައި ހުރި ގަސްގަހުގެ ގޮފިތަކާއި ރުކުގެ ފަންތައް ކޮށައި ސާފުކުރުމަށް ދަންނަވަމެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮކްޓޫބަރު 2023
ހޯދާ