މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

ލ. އިސްދޫ ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އަދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ)އަށް ނުވަތަ ލ. ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ.އިސްދޫ ހެލްތު ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ)އަށް ނުވަތަ ލ. ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ.އިސްދޫ ހެލްތު ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ