މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޤާނޫނީ މާހިރެއްގެ ޚިދުމަތް ހޯދުމަށް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

TF017182 އެސް.ސީ.އެފް ގުރާންޓް ނަންބަރު:

ޤާނޫނީ މާހިރެއްގެ ޚިދުމަތް ހޯދުމަށް

ދިވެހި ސަރުކާރާއި މަލްޓިލެޓަރަލް ބޭންކުތައް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސްކޭލިންގް-އަޕް އޮފް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސްރެޕް)ގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓަށް ޤާނޫނީ މާހިރެއްގެ ޚިދުމަތް ހޯދުމަށް ކުރެވުނު IUL)438/438/2015/51) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެސްޕަޔަރ ޕްރޮޖެކްޓްގައި ހިމެނޭ ސޯލަރ ޕެނަލް ބޭނުންކޮށްގެން މާލެ އަދި ހުޅުމާލޭގައި 4 މެގަވޮޓްގެ ހަކަތަ އުފެއްދުމާއި (ފުރަތަމަ ފޭސް) އަދި ކުރިޔަށްއޮތް ފޭސްތަކުގައި އެސްޕަޔަރ ފްރޭމްވޯކްގެ ދަށުން ކުރިއަށްދާނެ މަސައްކަތްތަކުގައި ބޭނުންވާނެ ޤާނޫނީ ލަފާ އަރުވާނޭ ޤާނޫނީ މާހިރެއްގެ ޚިދުމަތް ހޯދުމެވެ. މިކަމަށް ހޮވޭ ފަރާތެއްގެ މައިގަނޑު މަސައްކަތަކަށްވާނީ: ހ) އެސްޕަޔަރ ޕްރޮޖެކްޓާގުޅޭ ޑޮކިއުމަންޓްތައް ދިރާސާކޮށް ބީލަންކުރުމުގައި އަދި ބީލަމަށްފަހު ދިމާވެދާނެ މައްސަލައެއް އޮތްނަމަ ޤާނޫނީގޮތުން ލަފާފޯރުކޮށްދިނުން؛ ށ) ބީލަމުގެ މަރުޙަލާގައި އަދި ބީލަމުން ހޮވޭ ފަރާތާއެކު ނެގޯޝިއޭޓް ކުރުމުގައި މިނިސްޓްރީއަށް ބޭނުންންވާ ޤާނޫނީ ލަފާ އަދި ޚިދުމަތް ފޯރުކޮށްދިނުން؛ އަދި ނ) އެސްޕަޔަރ ޕްރޮޖެކްޓްގެ ތަޖުރިބާއަށް ރިޢާޔަތްކޮށް އެކުލަވައިލެވޭ ސަބް ޕްރޮޖެކްޓްސްގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދު ހާސިލު ކޮށްފައިވުން. އަދި މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން 07 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، ޚާއްޞަގޮތެއްގައި އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގައި ތަޖުރިބާ ލިބިފައިވުން؛ 2) އެސްޕަޔަރ ޕްރޮޖެކްޓާ ގުޅުންހުރި ދިވެހިރާއްޖޭގެ ވިޔަފާރީގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވުމާއި ތަޖުރިބާ ލިބިފައިވުން؛ އަދި 3) ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދާއިރާއިން ވިޔަފާރީގެ މުޢާމަލާތްތަކުގެ ތަޖުރިބާ ލިބިފައިވުން، މީގެއިތުރުން އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް ޖަނަވަރީ 2011ގައި އެކުލަވާލެވިފައިވާ ވަރލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވަރލްޑްބޭންކް ގައިޑްލައިންސްގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 12 މާރިޗު 2015 ވަނަދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗު 2015 ގައެވެ.

ސްޕެޝަލިސްޓް ކޯޑިނޭޓަރ ފޯރ އެސްޕަޔަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected] 

09 މާރިޗު 2015
ހޯދާ