އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދުފަހަރާއި އަމިއްލަފަރާތްތަކުގެ އެންމެހައި ތަކެތި ނެގުމާއި ބެހޭ

މިރަށުގެ އެންމެރީތި ގޮނޑުދޮށާއި، މޫދު ހިމެނޭ އެއްސަރަހައްދުކަމުގައިވާ ކުރިއްސުރެ އޮޑިދޯނިފަހަރު އެހެލައި ބޭނުންކުރަމުންއަންނަ ސަރަހައްދުކަމުގައިވާ، ރަށުކައުންސިލް އިދާރާގެ ދެކުނުންއޮންނަ ނިކަގަސްމަގުގެ ދެކުނުން ގުލްޝަނީމަގުގެ އިރުން ސަޢީދު ކަތީބު ހިނގުމާއި ދެމެދުގައިވާ މޫދާއި، ގޮނޑުދޮށްހިމެނޭބައި އެއީ ރަށުގެ ރައްޔިތުންނަށް މޫދަށްއެރި އުޅުމަށް އެންމެ ހިތްފަސޭހަ ރައްކާތެރި ސަރަހައްދުގެ ގޮތުގައި ލޭންޑްޔޫސް ޕްލޭންއަށް ޚިޔާލު ހޯދުމުގެގޮތުން ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގެ ބައިވެރިންގެ ޚިޔާލާއި މަޝްވަރާވަނީ ލިބިފައެވެ. މިދެންނެވި ސަރަހައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕިކްނިކްއޭރިއާގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެއްޓުުމަށްޓަކައި 11 އޮކްޓޯބަރު 2023 ގައި ބޭއްވި މިކައުންސިލްގެ 53 ވަނަ ޢާންމުޖަލްސާއިން، އެސަރަހައްދުގައި ހުރި އުޅަނދުފަހަރާއި، އަމިއްލަ މީސްމީހުންގެ އެންމެހައި ތަކެތި ނަގާ ސާފުކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވިފައިވާ ސަރަހައްދުގައި އެހެލާފައި ހުރި އުޅަނދުފަހަރާއި އަމިއްލަފަރާތްތަކުގެ އެންމެހައި ތަކެތި 31 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނަގާ އެސަރަހައްދު ހުސްކޮށް ދެއްވުންއެދި ދަންނަވަމެވެ. މިކަމަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންގެ ބޭނުންތަކަށް ފަސޭހަވާނެ މަގުތައްފަހިކުރުމަށް ކުރެވޭ މުހިންމުކަމަކަށްވާތީ، އޮޑިވެރިންގެ އެހީތެރިކަމާއި، އެއްބާރުން ވަރަށްބޮޑަށް ބޭނުންވާކަމެއްކަމުގައި ދަންނަވަމެވެ.

            މިފަދަކަންކަމުގައި އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކާއި، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ ފަރާތުން ރަށުގެ ކަންކަންކުރުމަށް ދެއްވަވާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2023
ހޯދާ