މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިން ފައިވްސްޓަރ ފެކްޓަރީ ހިންގި އިމާރާތުގެ 01 ނަންބަރު ގުދަނާއި ގުދަނާއި ގުޅިފައިވާ ބިން ކުއްޔަށް ދިނުން

އިޢުލާން

 

ކުރިން ފައިވްސްޓަރ ފެކްޓަރީ ހިންގި އިމާރާތުގެ 01 ނަންބަރު ގުދަނާއި ގުދަނާއި ގުޅިފައިވާ ބިން ކުއްޔަށް ދިނުން

މިރަށުގައި ކުރިން ފައިވް ސްޓަރ ފެކްޓަރީ ހިންގި ޢިމާރާތުގައި ހުރި 01 ނަންބަރު ގުދަނާއި ގުދަނާއި ގުޅިފައިވާ ބިން ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ ގުދަން ކުއްޔަށްހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮކްޓޯބަރ 31 ވަނަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 އޮކްޓޯބަރ 31 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ނޮވެމްބަރ 05  ވަނަ ދުވަހުގެ 11:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް:  https://docs.google.com/forms/d/e/1FAIpQLScU2xosQvilxdzcx1RyLWMQDpiFKuZJS3sCBmQIPkg4l1FDbg/viewform?vc=0&c=0&w=1&flr=0

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޮކްޓޫބަރު 2023
ހޯދާ