ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެ އަތޮޅު ފުލިދޫގައި ފޯރުކޮށްދޭ ޢަސާސީ އަދި ރަށްވެހިކަމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން- ފެލިދެ އަތޮޅު ފުލިދޫއަށް އަރާފޭބުމުގެ ޚިދުމަތް ތަރައްޤީކުރުން.

މަސައްކަތް : މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، ފެލިދެއަތޮޅު ފުލިދޫގައި އަރާ ފޭބުމަށް އަޅާފައިވާ ފާލަމުގެ ދެފަރާތު އަރިމަތީގައި ފިލާޖެހުން.

 1. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން "ފެލިދެ އަތޮޅު ފުލިދޫގައި ފޯރުކޮށްދޭ ޢަސާސީ އަދި ރަށްވެހިކަމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން- ފެލިދެ އަތޮޅު ފުލިދޫއަށް އަރާފޭބުމުގެ ޚިދުމަތް ތަރައްޤީކުރުން" ޕްރޮޖެކްޓްގެ ދަށުން ފެލިދެ އަތޮޅު ފުލިދޫއަށް އަރާ ފޭބުމަށް ބިނާކޮށްފައިވާ ފާލަމުގެ ދެ ފަރާތުގައި ފިލާހަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 2. މަސައްކަތުގެ ސްކޯޕް

(ހ) ފާލަމުގެ ކޮންމެ އަރިމައްޗެއްގައި 100 (ސަތޭކަ) ފޫޓްގެ ދިގުމިނަށް ފިލާހަރުކުރުން.

(ށ) ފާލަމަށް ކައިރިކުރާ އުޅަނދުފަހަރު ހިފޭނޭ އިންތިޒާމްތައް ޤާއިމްކުރުން.

3. ޝަރުޠު ހަމަވާފަރާތްތައް

ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށް، އެ ޤާނޫނޫތަކާއި އެއްގޮތަށް ހިންގާ އެންމެހާ ފަރާތްތަކަށް، މި މަސައްކަތްކޮށްދިނުމަށް،  ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 4. ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްހީރަސްކުރެވިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ވުމުން "ބީލަން ފޮތް" ކަރުދާސް އެ ފަރާތަކަށް ހަވާލުކުރެވޭނެއެވެ. ރަޖިސްޓަރީވުމަށް ފޯމު ފޮނުވާނީ ތިރީގައިވާ އެޑްރެހަށެވެ. ފޯމު އީމެއިލްގެ މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާންވާނި ކުންފުނީގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.

 ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ/ގްރައުންޑް ފްލޯރ

މަގު: ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606700603+

އީމެއިލް: [email protected]

 5. މައުލޫމާތު ސާފުކުރުން:

މައުލޫމާތު ސާފުކުރުން އޮންނާނީ 31 އޮކްޓޯބަރ 2023 ވާ އަންގާރަދުވަހުގެ 11 ޖަހާއިރު ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާގައެވެ.

 6. ބީލަން ހުށަހެޅުމުގެ ސުންގަޑި:

ތާރީޚު: 07 ނޮވެންބަރު 2023

ގަޑި: މެންދުރުކުރީ 11:00

ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

 7. ބީލަމެއް ބަލައިގަތުމާއި، ބާޠިލުކުރުމާއި، އަދި ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން(ކޮންޓްރެކްޓް އެވާޑްކުރުމުގެ ކުރިން) ކޮންމެ ވަގުތެއްގައިވެސް، މުޅި ބީލަން މަރުޙަލާ އުވާލައި ހުރިހާ ބީލަންތަކެއް ބާޠިލުކުރުމުގެ އިޚްތިޔާރާއި ބާރު އަދި ހައްޤުލިބިދީފައިވަނީ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލަށެވެ. އަދި މިފަދަ ޙާލަތެއްގައި ބީލަން ހުށަހަޅާ ފަރާތަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

26 އޮކްޓޫބަރު 2023
ހޯދާ