ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
01 ސެންޓްރަލް ޕްރޮސެސިންގ ޔުނިޓް (ސީ.ޕީ.ޔޫ) ހޯދުން

 

އިޢުލާން

މިއޮފީހުން ދީފައިވާ ސްޕެސިފިކޭޝަން އާ އެއްގޮތަށް 01 ސެންޓްރަލް ޕްރޮސެސިންގ ޔުނިޓް (ސީ.ޕީ.ޔޫ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)196-C/1/2023/78 (03 އޮކްޓޫބަރު 2023) އިޢުލާނާ ގުޅިގެން، ލިބިފައިވާ އަގަކީ އެކަށީގެންވާ އަގެއް ކަމުގައި ނުވާތީ އެ ޢިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

  • ބީލަމުގައި ރެޖިސްޓަރީވުން: 06 ނޮވެންބަރު 2023، 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 07 ނޮވެންބަރު 2023، 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2023 ނޮވެންބަރު 07 ވަނަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ. 

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

10 ރަބީޢުލްއާޚިރު 1445

25 އޮކްޓޫބަރު 2023
ހޯދާ