ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިމެއް ކުއްޔަށް ދޫކުރުން.

މި ރަށުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 2000 އަކަފޫޓްގެ ބިމެއް 15 އަހަރުދުވަހުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ -/2,000ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 08 ވާ ބުދަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.

ބީލަން ކަރުދާސް ވިއްކުން

29 އޮކްޓޫބަރު 2023 އިން 08 ނޮވެންބަރު 2023 އަށް

ޕްރީ-ބިޑް ބައްދަލުވުން

2023 ނޮވެންބަރު 12 ވަނަ ދުވަހު 13:00 ގައި.

ބީލަން ހުޅުވުން

2023 ނޮވެންބަރު 16 ވަނަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިކަމަށް ދޫކުރާބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

23 އޮކްޓޫބަރު 2023
ހޯދާ