މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2023/212

އިއުލާން

 " މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހުގެ ގާރޑެން އޭރިއާ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މައުލޫމާތު ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސައިޓް ބެލުމަށް އަދި މައުލޫމާތު ސާފުކުރުމަށް 01 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް މޯލްޑިވްސް ޕޮލިޓްކްނިކް މާލެ ކެމްޕަސް (ރެހެންދި ހިނގުން، މާލެ) އަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގެންނެވިޔަސް އަންދާސީ ހިސާބު ބަލައިގަނެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް، ކުރެހުން އަދި ފުރިހަމަކުރަންޖެހޭ ބީ.އޯ.ކިއު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިއުމަންޓް[email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ފަސްވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ރިކުއެސްޓް ފޯ ކޯޓޭޝަންގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:

މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އަފާފް މުހައްމަދު، ސީނިއަރ ޕުރޮކިޔުމަންޓް ސެޕްޝަލިސްޓް

އުމަރު ޒާހިރު އޮފީސް ބިލްޑިންގ،5 ވަނަ ފަންގިފިލާ

އޯކިޑްމާ ހިނގުން، މާލެ ސިޓީ، ހުޅުމާލެ

އީމެއިލް : [email protected]     

ފޯން: 3026975/3026982

25 އޮކްޓޫބަރު 2023
ހޯދާ