މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން ދިރިއިޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުން

ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލައިފައިވާ، "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު" ނަންބަރު:2022/R-181  ގެ 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ، ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމަށް 25 އޮކްޓޫބަރު 2023 ވަނަ ދުވަހު ބޭއްވި، ނ. މަގޫދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 122 ވަނަ ޢާއްމު ބައްދަލުވުމުން ކަނޑައަޅައި ފާސްކޮށްފައިވާ އަގުތައް މި ދަންނަވަނީއެވެ.

1- އެއްފަހަރާ ފައިސާ ދައްކާ ނަމަ އަކަފޫޓަކަށް -/20 ރުފިޔާ

2- ބަހާލައިގެން 6 މަސްދުވަހުގެތެރޭގައި ފައިސާދައްކާ ނަމަ އަކަފޫޓަކަށް -/25 ރުފިޔާ

                 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

25 އޮކްޓޫބަރު 2023
ހޯދާ