ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮފިސަރ، ސޭލްސް އޮޕަރޭޝަން

ޝަރުތުތައް:

ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

މަސައްކަތުގެ ބާވަތް:

- ކަސްޓަމަރުންގެ ފޯން ކޯލްތަކާއި ދިމަވާ މައްސަލަތަކަށް ޖަވާބުދީ ސޭލްސް އޯޑަރުތައް ނެގުން

- ލޮޖިސްޓީކްސް ޑިޕާޓްމަންޓާއި މުޢާމަލާތްކޮށް ކުންފުނީގެ ތެޔޮ ޑެލިވަރީތައް ތާވާލުކުރުން

- ސޭލްސް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން

މަހު މުސާރަ:

11،000 އާއި 13،000 ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ސޭލްސް އެންޑް މާކެޓިންގ، ހޭޑް އޮފީސް

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 އޮކްޓޯބަރ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

25 އޮކްޓޫބަރު 2023
ހޯދާ