ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: އެސް ބްލޮކް އިމާރާތުގައި ބޭނުންކުރާ އަލިފާން ނިއްވާ ފުޅިތައް މަރާމާތުކޮށް ސަރވިސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ޕްރޮކިޔުމަންޓް ނޯޓިސް |
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސް ބްލޮކުގެ އަލިފާން ނިއްވާ ފުޅިތައް މަރާމާތުކޮށް ސަރވިސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ޔުނިވަރސިޓީއަށް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
- މި މަސައްކަތާއި ގުޅިގެން ބާއްވާ ސައިޓް ވިޒިޓް އޮންނާނީ 26 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 11:00 އަށް
މި ޔުނިވަރސިޓީގެ އެސް ބްލޮކް (ބުރުޒުމަގު، މާލެސިޓީ) ވަޑައިގެން ދެއްވުން އެދެމެވެ. - މި މަސައްކަތް އެވޯރޑް ކުރެވޭނީ ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް އެއްކޮށެވެ. މިހެންކަމުން އަގު ހުށަހަޅަންވާނީ ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް (ޔުނިވަރސިޓީގެ މިންގަނޑާ އެއްގޮތަށް) ކޮށް ނިންމޭނެ އަގެކެވެ. މި މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓް މި ނޯޓިސްއާ އެޓޭޗްކުރެވިފައިވާނެއެވެ.
- 3. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލްކޮށް ކޮށް ދިނުން އެދެމެވެ. މި ނޯޓިސްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3345110، 3345111، 3345109 އަށް ގުޅުއްވުން އެދެމެވެ.
- ޕްރޮކިޔުމަންޓް ނޯޓިސް އާ ގުޅިގެން ދެވޭ އާންމު އިރުޝާދު، މި ނޯޓިސްއާ އެޓޭޗްކޮށްފައިވާ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ. ނޯޓިސް އާ ގުޅިގެން ތަކެތި ވިއްކުމަށް ނުވަތަ މަސައްކަތް ކުރުމަށް ކުރިމަތިލާ އެންމެހާ ފަރާތްތަކުން އެ އިރުޝާދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
24 އޮކްޓޫބަރު 2023
ހޯދާ